ނުގުޅޭ މަޢުލޫމާތު ހޯދައިގެން މައްސަލައެއް ހުށަހަޅާފައިނުވޭ: ފުލުހުން

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސައްކަތާ ގުޅުންނެތް މައުލޫމާތު ސާފުކުރާކަމުގެ އެއްވެސް ޝަކުވާ އެއް މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިފަދަ ކަންކަމަށް ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި މިފަދަ ތުޙުތަތުތަކާއި ގުޅިގެން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު، މިފަދަ އެއްވެސް ކަމެއް ފުލުހެއްގެ ފަރާތުން ފެނިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ
ތެރެއިން ޕްރޮފެޝަނަލް ސްޓެންޑަރޑްސް އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން މައްސަލަ ހުށަހެޅުމަށް ފުލުހުންވަނީ އެދިފައެވެ.

ނަމަވެސް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ ކަތުގެ ތެރެއިން، ޕާމިޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ބައެއް ތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަން ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ކަމާނުގުޅޭ ކަންކަމާއި ގުޅުވައިގެން އާންމުންނާ ސުވާލުކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ތުޙުމަތު ކުރަމުންދާއިރު، އަންހެން ކުދިންގެ ކައިރީ އަމިއްލަ ދިރިއުޅުމާއި ގުޅޭ ސުވާލުތައް ފުލުހުން ކުރަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ