ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް - ފޮޓޯ: އަވަސް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ރައީސް ޔާމިނުގެ ނުފޫޒެއް ނެތް: ޕީޕީއެމް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމުގެ ނުފޫޒެއް ނެތްކަމަށް ޕްރޮގްރެޒިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ރާއްޖެ.އެމްވީ ގައި ޕީ.ޕީ.އެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ބެހޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރު ދޮގުކޮށް އެޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ ޚަބަރުގައި ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސް ތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި، ލީޑަރޝިޕް އަދި ކައުންސިލް ގްރޫޕް ތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެފައިވާއިރު، ޕާޓީގެ އެފަދަ އެއްވެސް ޙަރަކާތެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވާކަމަށެވެ.

އަދި އެއްވެސް ބޭފުޅަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ޙާސިލު ކުރައްވަން ރައީސް ޔާމީން މަސައްކަތް ކުރައްވާފައި ނުވާކަމަށް ބުނެފައިވާއިރު، މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައިވެސް ޕާޓީން ޢަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިންކަމަށްވެސް މިބަޔާނުގައިވެއެވެ.

އަދި މިކަމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށް ޕާޓީގެ ފަރާތުން 2011 މެއި 16 ގައި ސަރކިއުލާއެއް ނެރެފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

އަދި ރައީސް ޔާމީން ބަދުނާމުކޮށް ޝާއިޢުކޮށްފައިވާ މިޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، މިމައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާ ފިޔަވަޅު އަޅައިދިނުމަށްވެސް މިބަޔާނުގައިވަނީ ގޮވާލާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިޚާބުވެފައިވަނީ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝްއެވެ. ނަރީޝް އެ މަޤާމަށް އިންތިޚާބު ވެފައި ވަނީ 12 ކައުންސިލަރުންގެ ވޯޓުންނެވެ. ނަރީޝްއާއި އެކު ޑެޕިއުޓީ މޭޔަރަކަށް ދެން ވާދަކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރެވެ. އޭނާއަށް ލިބިފައި ވަނީ 7 ވޯޓެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އިންތިޚާބުކޮށްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ