ބިދޭސީންނަށްދޭ ގޮތަށް އެލެވެންސް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމުގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާލުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައި މިވަނީ ދިވެހި ޓީޗަރުން ނުލިބިގެން ކަމަށް ވިދާޅުވެ، އިންޑިއާއިން ޤުރުއާނާއި ޢަރަބި ކިޔަވައިދޭ ޓީޗަރުން ރާއްޖެ ގެނައުމާއި ގުޅިގެންނެވެ.
އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ޤުރުއާނާއި ޢަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް އެމަޤާމްތަކަށް ދިވެހި ޓީޗަރުން ނުލިބުމުން ކަމަށެވެ.
މިކަމާއި ގުޅިގެން މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށާއި، ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް އެ މައްސަލައަށް ދުވަހަކުވެސް ޙައްލެއް ނުލިބެނެކަމަށެވެ.
އިންޑިއާއިން ޤުރުއާން އާއި ޢަރަބި ޓީޗަރުން ރާއްޖެ ގެނައުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އެގޮތުން ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި ރާއްޖޭގައި ވަޒީފާ ނުލިބި ދިވެހި ޤުރުއާން ޓީޗަރުން ތިބި އިރު އެހެން ޤައުމަކުން ޓީޗަރުން ގެނައުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
މިިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީ އަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ކެރެލާއިން ގެނެވިފައިވާ 5 ޢަރަބި ޓީޗަރުންނާއި 5 ޤުރްއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލެއްގައި ކިޔަވައިދެއްވަމުން އެބަގެންދަވާކަމަށެވެ.
އެ ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ "ނޯކާ ރޫޓްސް" މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުންކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއިވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާނެކަމުގައި އެމިނިސްޓްރީން ވަނި ވިދާޅުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ ގޮތަށް މަސައްކަތް ކުރިނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައިކަމަށެވެ.
މި މަޤާމުތަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަޤާމްތަކަށް ދިވެހިން އައްޔަން ކުރެވޭނެކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.





4 Responses
މުސާރަ މާކުޑަ. ދެންފެންނާނީ ތި އިންޑިޔާޓީޗަރުން ގޭގެޔަށް ޓިއުޝަން ދޭން ފަށާތަން. މުޅި އޮޑީގަ އިންޑިޔާ މީހުން. ކިހާބޮޑު ކަމެއް.
ބައެއް ސްކޫލްތަކުގައި މިހާރުވެސް ދާއިމީ ނުކޮށް ވަގުތީ ޓީޗަރުންގެ ގޮތުގައި ޤުރުއާން ޓީޗަރުން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅޭ.
މިހާރުވެސް ގުރުާން ޓީޗަރެއް ވަޒީފާ ހަމަނުޖެހިގެންއުޅޭތާ އެތަކެއް ދުވަހެއް ވެއްޖެ އަދިވެސް ވަޒީފާ އެސްކޫލުން ހަމަނުޖައްސާއެބަހުރި ތިދައްކަނީ ކޮންކަހަލަވާހަކަތަކެއްތޯ؟
ބިދޭސީން އެކަންޏެއް ނޫން ތިޔަ ބައިގަނޑަށްވެސް އެލަވަންސް ދެނީ ކީއްވާތީ އެހާ ބޮޑު މުސާރަ ދީފައި ކެއުމާ ސައިދީފަ. ތިޔޮށް އުޅޭ ކައުނސެލަރުން ތަކެކޯ ކޮންކަމެއް ކުރާތީ އެހާބޮޑު މުސާރަ ދީފަ އަދި އެލަވަންސް އެދެނީ .ރަސްމީ ގަޑީގަ ވެސް ފަޅުމަތީގަ ކެޔޮޅުކަން ކުރާ ކަމަށްވަނީ. ހޭބަލި ވެދާނެ