ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެޕާޓީއިން ބުނެފިއެވެ.
އެމް.ޑީ.ޕީ ގެ 16 ވަނަ އަހަރީ ދުވަހުގެ ތަޙްނިޔާ ކިޔަމުން ނެރެފައިވާ ނޫސް ބަޔާނެއްގައި އެމްޑީޕީން ބުނީ، އެމް.ޑީ.ޕީ. އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއްކަމަށާއި، ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލަކީ އެމްޑީޕީކަމަށެވެ.
"ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ޤައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫން." އެމްޑީޕީގެ ބަޔާނުގައި ވެެއެވެ.
16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި މިވަނީ އެމްޑީޕީގެ އެންމެހައި މެމްބަރުންނަށާއި މި ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައިކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޙަމްކޮށްލާފައިވާކަމަށާއި، މި ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްގެ އިތުރަށް، މި ޕާރޓީގެ ފިކުރަށާއި މި ޕާރޓީ ބިނާވެފައިވާ އަސްލުތަކަށާއި މި ޕާރޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ޙަމަލާއެއްކަމަށްވެސް ބަޔާނުގައި ވެެއެވެ.
މިބަޔާނުގައި އިތުރަށް ބުނީ، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެންވެސް ޕާޓީގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުމެއް ނާންނާނެކަމަށާއި، އިރާދަކުރެއްވިއްޔާ އެމްޑީޕީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި އެމަނިކުފާނާއި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެކަމަށެވެ.




ހިޔާލު
ކަނޑައެޅިގެންވާ ރޯބުހުތާނު ދޮގެއް ޑިމޮރެސީ އަކީ އެމްޑީޕީ އެއްނޫން އެމްޑީޕީ ތެރޭގައިވެސް ތިޔަބުނާ ޑިމޮކްރެސީއެއް ނުވޭ އެމްޑީޕީގައި އަންނީގެ ޚުދުމުޚްތާރު ޖަންގަލީގެ ވަށްވަށް ޖަހާ ގޮތްގަނޑު ވަރަށްސާފް