ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން މަސައްކަތް ކުރި އިންޑިއާ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.
ލުހުން މީޑިއާގެ އޮފިޝަލު ވިދާޅުވީ، ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކަށް ހަމާލާދިން މައްސަލައެއް ރޭ 00:33 ހާއިރު ހުށަހަޅައިފައިވާ ކަމަށެވެ.
އެ ހަމަލާއަކީ ފުރާނަ އަށް ނުރައްކާވަރުގެ ހަމަލާއެއް ކަމަށާއި ހަމަލާއާ ގުޅިގެން 25 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކުރިއިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭނާގެ ބަންދަށް ދިހަ ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.




