މެޓް ގާލާގައި ކިމް ކާޑޭޝިއަން ލީ ހެދުން ބޮޑު ޖޯކަކަށް!

އަހަރެއްގެ މެދުކެނޑުމަކަށްފަހު "މެޓް ގާލާ 2021" އިއްޔެ ބާއްވައިފައިވާއިރު، މި އިވެންޓްގެ އެންމެ ހާއްސަ އެއް ކަމަކީ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ކަމަކީ ތަރިން އަޅާ ހެދުންތަކެވެ. ތަރިން ދުނިޔޭގެ އެންމެ މަޝްހޫރު ޑިޒައިނަރުންގެ ހެދުންތަކުގައި ފެނިގެންދާއިރު، މި އިވެންޓް ވެގެންދަނީ ފެޝަން ޑަޒައިނަރުންނަށްވެސް އަންނަ ބޮޑު އީދަކަށެވެ.

ކޮންމެ އަހަރަކުވެސް ތަރިން ލާ ހެދުންތަކަށް މީހުންގެ ސަމާލުކަން ހުއްޓޭއިރު، މި އިވެންޓުގައި ގިނަ ތަރިން ފެނިގެންދަނީ އަބަދުވެސް ތަފާތު އަދި ގޮތް ބޮޑު ހެދުންތަކުގައެވެ. އެގޮތުން ތަރިން ލާ ހެދުންތަކަށް ގިނަ ބަޔަކު ފާޑުކިޔާ، ތައުރީފުކުރާއިރު، އަނެއް ބަޔަކު ތަރިންގެ ހެދުންތަކާއި ލުކް އަށް ޖޯކު ޖަހައެވެ.

މިފަހަރުގެ މެޓް ގާލާ އިވެންޓުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މަޝްހޫރު ރިއަލިޓީ ޝޯ، "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން" ގެ ތަރި ކިމް ކާޑޭޝިއަން ލައިފައި ހުރި ހެދުމަށެވެ. މި އިވެންޓުގައި ކިމް ލައިފައި ހުރި ހެދުމުގެ ސަބަބުން ގިނަ ބަޔަކަށް އެއީ ކާކަންވެސް ނޭނގުނެވެ. އަދި ކިމް ކާޑޭޝިއަން އެގޮތަށް އެ ހެދުމުގައި ފެނިގެންދިއުމުން ގިނަ ބަޔަކު ހުރީ އަދިވެސް ސުވާލު މާކެއްގެ ތެރޭގައެވެ.

މިއީ މި އިވެންޓުގައިވެސް ފެނިގެންދިޔަ އެންމެ "ޝޮކިން" ފެނިލުމެވެ. އެގޮތުން ކިމް ފެނިގެން ގޮސްފައިވަނީ މުޅި ހަށިގަނޑާއި މޫނު އެއްކޮށް ނިވާކޮށްފައިވާ ކަޅު ހެދުމެއްގައެވެ. މޫނާއި ހިސާބުން ފެށިގެން ފަޔާ ހިސާބަށް އެއްކޮށް ކަޅުކުލައިގެ ފޮތިން ފޮރުވިފައި ހުރިއިރު، ފެންނަން އޮތީ އިސްތަށިގަނޑު އެކަންޏެވެ. މީގެ އިތުރުން އޭނަގެ ކުރީގެ ފިރިމީހާ ކާންޏޭ ވެސްޓް ވެސް ހުރީ ހުސް ކަޅުކުލައިގެ ހެދުމެއްގައި މޫނާއެކު ކަޅުލައިގެ ފޮތިން ފޮރުވިގެންނެވެ.

މި ދެމީހުންގެ ހެދުންވެސް ފަރުމާކޮށްފައިވަނީ ފެޝަން ޑިޒައިނަރު ޑެމްނަ ގްސޭލިއާ އެވެ.

ކިމް ކާޑޭޝިއަންގެ މި ފެނިލުމާއެކު ގިނަ ބަޔަކު އޭނާއަށް އަންނަނީ ޖޯކު ޖަހަމުންނެވެ. އެގޮތުން މިއަދު މީސްމީޑިއާގައިވެސް މި ފޮޓޯ ވައިރަލްކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ކިމް މިގޮތަށް ފެނިގެން ގޮސްފައިވަނީ ކީއްވެގެންތޯ މަޝްހޫރު އެހެން ފަންނާނުންނާއި އަދި އާއްމު ފަރާތްތައްވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި އަހަރުގެ ގާލާގެ ތީމްއަކީ "އިން އެމެރިކާ: އަ ލެކްސިކަން އޮފް ފެޝަން" އެވެ.

މިލިޔުން ކިޔާލުމުން
514
ގުޅުންހުރި ލިޔުންތައް

2 Responses

  1. Kim

    I think she wants to support niqab

  2. ކެންޔަ

    ކެންޔަ ކަން ޔަގިންތަ އެއި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ