"ދުވާފަރު އެކުވެނި ބީޗް" -- ފޮޓޯ: ސެން އެޗެން / އެފްބީ

120 ދުވަސް ފަހުން ދުވާފަރު އާންމު ހާލަތަށް!

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ރަށުތެރެއިން ފެނި، ވަރަށް ބޮޑަށް ހާލަތު ގޯސްވުމާއި ގުޅިގެން މޮނިޓަރިން އަށް ލީ ރ. ދުވާފަރު ތިން މަހަށް ވުރެ ގިނަ ދުވަސްފަހުން މިއަދު އާއްމު ހާލަތައް ގެނެސްފިއެވެ.

120 ދުވަސްފަހުން މިއަދު ދުވާފަރު މޮނިޓަރިން އިން ނަގައިފައިވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށް ހެލެތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވިއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުވާފަރުން ވަނީ 1038 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 5 އެވެ. އަދި ކޮވިޑްގެ ބަލީގައި ދުވާފަރުން 8 މީހަކު ވަނީ މަރުވެފައެވެ.

ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެެނެސްފައި ވަނީ އެ ރަށު ބޯޓަކުން ކޮވިޑްގެ ކޭސްއެއް ފެނިގެންނެވެ. ރަށް މޮނިޓަރިންއަށް ލީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ދުވާރުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިން އަށް ލާ، ރަށުގައި އަޅައިފައިވާ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ހެނދުނު ހަތަރަކުން ފަތިހު ހަތަރަކަށް އެ ރަށުގައި ކާފިއު ވަނީ ހިންގައިފައެވެ. އެނޫން ވަގުތު ތަކުގައި ޒަރޫރީ ބޭނުމަށް ބޭރަށް ނިކުމެވޭއިރު، އާއްމުން އެއްވެ އުޅޭތަން ތަންވެސް ބަންދުކުރިއެވެ.

ދުވާފަރުގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ތ. ވޭމަންޑޫވެސް މިއަދު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ. އެއާއެކު މިވަގުތު މޮނިޓަރިންގައި އޮތީ ޖުމްލަ 15 ރަށެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަހުމަދު

    ٱلْحَمْدُ لِلَّٰ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ