ދެވަނަ ފިޔަވައްސަށް އަރަން އޮންނަ ބްރިޖްގައި ހިނގި އެކްސިޑެންޓް-- ފޮޓޯ: ސަން

ދެވަނަ ފިޔަވަހި ބުރިޖުގައި އެކްސިޑެންޓެއް ހިނގައި، މީހެއްގެ ފައި ބިނދިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި، މީހެއްގެ ފައި ބިނދިއްޖެއެވެ.

"ފެށުން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ އިން ދެވަނަ ފިޔަވައްސަން ދިއުމަށް އަރަން އޮންނަ ބްރިޖްމަތިން ދުއްވާފައި ދިޔަ ސައިކަލެއް ޑިވައިޑާގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށެވެ.

މި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ. އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ފައި ވަނީ ބިނދިފައެވެ. އަދި އަނިޔާވި ދެމީހުންވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ގެންދެވިފައެވެ.

މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:20 ހާއިރުއެވެ.

ދެވަނަ ފިޔަވައްސަށް އަރަން އޮންނަ ބްރިޖްގައި ހިނގި އެކްސިޑެންޓް-- ފޮޓޯ: ސަން
މިލިޔުން ކިޔާލުމުން
1121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ