ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު--

ލޯކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރުފްކުރީތީ، ރައީސްގެ ޝުކުރު ނަޝީދަށް

ކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރުފްކޮށްދިނީތީވެ، ރައީސް ނަޝީދަށާއި، އޭރުގެ ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކޮށްފި އެވެ.

ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މާފުއްޓަކީ ލޯކަލް ޓުއަރިޒަމް ތަޢާރުފްވެ، ފައްކާވަމުން އަންނަ ރަށަކަށްވާތީ، އެކަމަށް ބޭނުންވާ ބިމާއި، އެހެނިހެން ޚިދުމަތްތަކަށް މީގެ ދެތިން އަހަރު ކުރިން ރައްޔިތުން އެދެމުންދިޔަކަމަށެވެ.

"އިރާދަކުރެއްވީތީ މިއަދު މިވަނީ އެކަން ފުރިހަމަކުރެވި، ރައްޔިތުންނާ ޙަވާލުކުރެވިފައި."، މާފުއްތާށް އިތުރުކުރެވުނު ބިމާއި، ޕިކްނިކް އައިލެންޑްގެ މަޝްރޫއަށް އަލިއަޅޫވާލަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީރަށަކީ ލޯކަލް ޓުއަރިޒަމްގެ ނަމޫނާ ރަށެއްކަމަށާއި، ލޯކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރުފްވެގެން އައީ އެމްޑީޕީގެ ވެރިކަމުގެ ކުރީކޮޅު ކަމަށެވެ.

"ލޯކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރުފްވެގެން މިއައީ، ކުރީގެ އަޅުގަނޑުމެންގެ ވެރިކަމުގެ ދުވަސްވަރު. އެކަމަށްޓަކައި އޭރުގެ ސަރުކާރަށާއި އަދި ޚާއްޞަކޮށް، ރައީސް ނަޝީދަށް މިކަމުގައި އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ." ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ބައިގަރުނު ފުރޭ ރާއްޖޭގެ ޓުއަރިޒަމަކީ، ދުނިޔެއަށް ނަމޫނާ ޓުއަރިޒަމެއް ކަމަށާއި އެންމެ ފުރަތަމަ ތައާރަފްވި ވަން އައިލެންޑް، ވަން ރިޒޯޓް ކޮންސެޕްޓަކީ މުޅި ދުނިޔެ ގަބޫލުކުރި ނަމޫނާ ޓުއަރިޒަމެއް ކަމަށެވެ.

"އެއަށްފަހުގައި، ދެން މިއައީ ލޯކަލް ޓުއަރިޒަމް، ގެސްޓްހައުސް ޓުއަރިޒަމް. ރާއްޖޭގެ ގެސްޓްހައުސް ޓުއަރިޒަމް މިއަދު މިވަނީ ދުނިޔޭގެ ނަމޫނާ ޓުއަރިޒަމަކަށް ވެގެންގޮސްފައި. އެހެން ޤައުމުތަކުގައި އެ ފެންނަފަދަ ގެސްޓްހައުސްތަކެއް ނޫން ރާއްޖޭގައި ހުރީކީ. މާ ފުރިހަމަ، މާ ފައްކާ، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރި ގެސްޓްހައުސްތަކެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަން ފެށިގެން އައީ މާފުށިން ކަމަށާއި މާފުށީގެ ރައްޔިތުންގެ ދުރު ވިސްނުމާއި، މިކަމަށް ހުރި ޝައުޤު އެކަމުން ފާޅުވެގެން ހިނގައްޖެ ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޚާއްޞަކޮށް، މި ރަށުގެ އިޤްތިޞާދަށް ބޮޑު ބަދަލުތަކެއް އައިސް، ކުރިއެރުންތަކެއް އަތުވެއްޖެ. އެކަމަށްޓަކައި މާފުށީގެ ރައްޔިތުންގެ ވިސްނުން އެހުރިގޮތުން، ރާއްޖެއަށް މިކުރި ފައިދާއަށްޓަކައި، މާފުށީގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުގެ ނަމުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ