މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: ޓުއުރިޒަމް މިނިސްޓްރީ

މަނަދޫގައި ޓުއުރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހަވާލުކޮށްފި

މިލަދުންމަޑުލު ދެކުނުބުރީ ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހަވާލުކޮށްފައިވަނީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ދެމެދު ސޮއިކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިންފާއެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ އައްބާސް މުޙައްމަދު އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި މި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަބްދުﷲ މަޢުޞޫމް ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ހާރޫން ބައިވެރިވެވަޑައިގަތެވެ.

ޓުއުރިޒަމް މިނިސްޓްރީން ވިދާޅުވީ، މަނަދޫގައި ގާއިމްކުރެވޭ ޓުއުރިސްޓު ހޮޓެލުގެ މަސައްކަތް ފެށޭވަރުވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ