ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ ކޯލްތަކަށް ސަމާލުވުމަށް އެކޯޕަރޭޝަނުން އިލްތިމާޒް ކުރައްވައިފިއެވެ.
އެޗްޑީސީން ވިދާޅުވީ، އެ ކޯޕަރޭޝަންގެ ނަމުގައި އާންމުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށާއި، އެހެންކަމުން މިފަދަ ކަންކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
ފައިސާގެ މުޢާމަލާތްތަކުގައި ނުގުޅާނެކަމަށާއި، އެފަދަ މުޢާމަލާތްތައް ކުރެވޭނީ ލިޔެކިޔުމުން ކަމުގައި އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި ފައިސާގެ މުޢާމަލާތަކާއި ގުޅިގެން މޯބައިލް ނަންބަރަކުން ގުޅައިފިނަމަ، އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރ 1516 އަށް ގުޅުއްވައި ޔަގީން ކުރެއްވުމަށް އެދޭކަމަށެވެ.
އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީނުވުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.
ފަހަކަށް އައިސް އެހެން ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ނަމުގައި އޮޅުވާލައިގެން ގުޅައި ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ވަނީ މިދިޔަ އަހަރު ފެންމަތިވެފައެވެ.




