ފުލުހުންގެ މަޑުއްވަރީ ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

ހަނގުރާމަވެރި ސަރަހައްދަކުން އާއިލާއެއް ގެނެސް ދެކުއްޖަކަށް ރަށްވެހިކަން ދީފި

ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމާ ބައިވެރިވުމަށް 2013 ވަނަ އަހަރު ދިވެހިރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ދިވެހިރާއްޖެއަށް މިއަދު އަނބުރާ ގެނެސްފިއެވެ.

ދިވެހި ފުލުހުން ވިދާޅުވީ، އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި، އެ އާއިލާގެ މެންބަރުން ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ބައިތިއްބާފައިވާކަމަށެވެ.

ރާއްޖެ ގެނައި މި އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިންނެވެ.

"އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު އެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށްފަހު ވަނީ ހަމަޖައްސާފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އޭގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ، ރިސްކް އެސެސްމެންޓް ހަދައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް ވާނަމަ ޖިނާއީ ތަހުގީގު ހިންގާނެ ކަމަށެވެ.

ދިވެހިންގެ ތެރެއިން ހަނގުރާމަވެރި ސަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު މިއީ ފުރަތަމަ ހަރަކާތެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ