މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަން - ފޮޓޯ: އަދަދު

މާލެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން ދިން މަޢުލޫމާތަކާއި ގުޅިގެން މާލެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ ރޭ އިރާކޮޅެވެ. މި ތަކެތި އަތުލައިގެނެފައިވަނީ ޕިކަޕެއްގައި އުފުލަމުން ދަނިކޮށް މާލޭ ސޯސަންމަގުންނެވެ.

"ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ." ފުލުހުން ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
221
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ