އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އަދި ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުޙައްމަދު ލަތީފް (ސެމްބެ)ގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރަރީ ޖެނެރަލް މުޙައްމަދު ޠޮލާލް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރި ޓްވީޓްގައި ވަނީ ޠޮލާލްއަށް މަރުޚަބާ ދަންނަވާފައެވެ.
މުޙައްމަދު ޠޮލާލަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖަނެރަލްގެ އިތުރުން ރައީސް ޔާމީންގެ ރަސްމީ އިންތިޚާބީ އޭޖެންޓްވެސްމެއެވެ. މީގެ އިތުރުން ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތޮލާލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.
Dhiveheenge adhi PPM PNC ge Riyaasee Candidate Dr. @MMuizzu adhi Running Mate @HucenSembe ge spokesperson ge magaamah PPM ge SG adhi @prz_ymn ge Rasmee Inthikhaabee agent @Tholal hamajassa vafi
Congratulations SG Tholal pic.twitter.com/snGLUpShtm— Progressive Party of Maldives (@ProgressPartyMV) August 11, 2023
ޑރ. މުޙައްމަދު މުއިއްޒު ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑަންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެންނެވެ.



