މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މޫނު ބުރުގާ އަޅައިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފުރުޞަތު ގެއްލޭގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހެދި އުޞޫލަށް ބަދަލުގެންނަވައިފިއެވެ.

އައު އުސޫލުގައިވާގޮތުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބިދީފައިވެއެވެ.

އާ އުސޫލުގައިވާ ގޮތުން، މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.

ސަރުކާރު ކޯލިޝަނުގައި ފަސް އަހަރު އޮވެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޞޯލިޙްއަށް ބައިޢަތުހިފާފައިވާ އަދާ؛ލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޢަދާލަތު ޕާޓީން ހުށަހެޅިގޮތަށް ތައުލީމީ ދާއިރާގައި ތިއްބެވި ނިޤާބުކުރައްވާ އުޚުތުންނަށް އިސްލާމީ ހެދުމުގައި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތާމެދު އަރާފައިވާ އޮޅުން ފިލާނޭހެން އުސޫލު އިސްލާޙުކުރެއްވި ކަމަށްޓަކައި މިނިސްޓަރ އެޑިޔުކޭޝަން މިނިސްޓަރަށާއި، ރައީސް ޞޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. 

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތް ނުކުރެވޭ ގޮތަށް އުސޫލު ހެދުމުން، އެތައް ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، ދާދި ފަހުންވެސް އެކަމާއި ދެކޮޅަސް އިހުތިޖާޖްތައް ވެސް ކުރިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ