ކޮވިޑްގެ އާ ވޭރިއަންޓް ފެތުރޭތީ ސަމާލުވާން އަންގައިފި

ކޮވިޑް-19 ގެ އައު ވޭރިއަންޓް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ފެނިފައިވާތީވެ، ކުރިއަށް އޮތް ޗުއްޓީ ބަންދުގައި ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފި އެވެ.

މި ފެށޭ ހަފްތާއަކީ ސްކޫލް/ކޮލެޖް/ޔުނިވަރސިޓީތަކަށް ޗުއްޓީފެށޭ ހަފްތާއެވެ. އެހެންކަމުން ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކަކަށްވާނެތީ އާއި ކުރިއަށްއޮތް ދުވަސްވަރުގައިރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސްއައިސްވާނެ ދުވަސްތަކަކަށްވާތީ އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ޑިސެމްބަރު މަހު ތެރޭގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޮވިޑްގެ އައު ވޭރިއެންޓް ޖީއެން-1 ފެނި ކޮވިޑް-19 ފެތުރުން ވަނީ އިތުރުވެފަ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ބައެއް ގައުމުތަކުގައި އަންނަނީ އިތުރުވަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖެއިން ފައިލޭރިއާގެ ޕޮޒިޓިވް ކޭސްތަކެއްވެސް ފެންނަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ފައިލޭރިއާގެ ޖުމްލަ 32 ކޭސް ވަނީ ރާއްޖެއިން ފެނިފައެވެ. މި ބަލި މިހާތަނަށް ޖެހިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ