ހުޅުމާލެ/ ފޮޓޯ: ސަން

މިއަދުން ފެށިގެން ހުޅުމާލެ ފޮގް ކުރަން ފަށަނީ

މިއަދުން ފެށިގެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލެ ފޮގް ކުރަން ފަށާނެކަމަށް އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލެ ފޮގްކުރަން އާބަންކޯއިން ނިއްމާފައި މިވަނީ ފައިލޭރިއާގެ ކޭސްތަކެއް މާލެ ސަރަހައްދުން ފެނުމާއެކު، އެ ބަލިން ރައްކާތެރިވުމުގެ ގޮތުންނެވެ.

އާބަންކޯއިން ބުނީ، "ފައިލޭރިއާއިންރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލެ 20 ޒޯނަކަށް ބަހައިގެން ފޮގް ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްގެންދަން ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ދެ ވަގުތެއްގައި މި ސަރަހައްދުތަކުގައި ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އެއީ، ފަތިހު 5:00 އިން  6:00 އަށް އަދި ހަވީރު 6:00 އިން 7:00 އަށެވެ. 

މި ވަގުތުތަކުގައި ޒަރޫރީ ބޭނުމެއްގައި ފިޔަވާ މަގުމަތީގައި ނޫޅުމަށް އާބަންކޯއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. 

ފައިލޭއިރާއަކީ ރާއްޖެއިން މީގެއެތައް އަހަރެއްކުރިން ނައްތާލެވިފައިވާ ބައްޔެކެވެ. މި ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ހަށިގަނޑުގެ ގުނަވަންތަކަށް ޖެހޭ ބައްޔަކެވެ.

މި ބަލީގެ ކޭސްތަކެއް ރާއްޖެއިން މި މަހު ފެނިފައިވަނީ ހދ. ކުޅުދުއްފުށީގައި ހެދި ބިދޭސީ މަސައްކަތްތެރިންގެ ހެލްތް ސްކްރީނިން ކެމްޕެއިނެއްގެ ތެރެއިންނެވެ.

ރާއްޖެއިން މި ބައްޔަށް މިހާތަނަށް 32 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 25 މީހުންނަކީ ހދ. ކުޅުދުއްފުށިން ފެނިފައިވާ މި ބަލީގެ ކޭސްތަކެވެ.

މާލެ ސަރަހައްދުން މި ބައްޔަށް ޖުމްލަ 7 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ހުޅުމާލެއިން 5 މީހަކާއި، ގުޅީފަޅުން 1 އަދި މާލެ އިން އެކަކު އެވެ. މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވެފައިވާ މި 7 މީހުންނަކީ ވެސް ބިދޭސީން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ