ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ އައްޑުއާ 900 ކިލޯމިޓަރު ދުރުން 4 ބިންހެލުމެއް އައިސްފައިވާ ކަމަށާއި، ނަމަވެސް އޭގެ އަސަރެއް ރާއްޖެއަށް ނުކުރާކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ، ރޭ މެންދަމުން ފެށިގެން ހެނދުނާ ދޭތެރޭ، ކާލްސްބާގް، މިޑް އިންޑިއަން ރިޖަށް ހަތަރު ބިންހެލުން އައިސްފައިވާ ކަމަށެވެ. އަދި މި ބިންހެލުންތަކުގެ ސަބަބުން ރާއްޖެ އަށް ސުނާމީގެ އަސަރު ނުކުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވޭ. އެންމެ ބާރުގަދައީ 5.5. މި ބިންހެލުން ތަކާއި 900 އެއްހާ ކިލޯމިޓަދުރުން އައްޑޫ ސީޓީ އަށް ބިންހެލުން/ސުނާމީގެ އަސަރު ނުކުރޭ pic.twitter.com/M1jGZfNXMr
— Maldives Meteorology (@MetMaldives) December 29, 2023
މެޓް އޮފީހުން އިތުރަށް ބުނީ، އެންމެ ގަދައަށް އައި ބިންހެލުން އައިސްފައިވަނީ، 5.5 މެގްނިޓިއުޓްގެ ބާރުމިނުގައި ކަމަށެވެ.
އެމެރިކާގެ ޖިއޮލިޖިކަލް ސާވޭ އިން ދައްކާގޮތުގައި، ފުރަތަމަ ބިން ހެލުން އައިސްފައިވަނީ، 4.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އަދި ދެވަނަ ބިން ހެލުން 5.2، ތިންވަނަ ބިންހެލުން 5.8 އަދި ހަތަރު ވަނަ ބިންހެލުން 5 މެގްނިޓިއުޓް ބާރުމިނުގައެވެ.