މުސްލިމް ޢަބްދުﷲ - ފޮޓޯ: ޕޮލިސް

އެކްސިޑެންޓަކާ ގުޅިގެން ފުވައްމުލަކު މީހަކު ހޯދަނީ

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން ފުވައްމުލަކު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، ފެންފިނޮޅު، މުސްލިމް ޢަބްދުﷲ (34އ) ކަމަށެވެ.

މުސްލިމް ޢަބްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޢާއްމު ރައްޔިތުންނަށް ޝުކުރުދެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ