ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ - ފޮޓޯ: ޕޮލިސް

ޝައިމް ގެއްލުނުރޭ ޑިއުޓީގައި ހުރި މުވައްޒަފު, ޝައިމް އެނދުގައި އޮތްތޯ ޔަގީން ކޮށްފައެއްނުވޭ

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޖޫން 18 ވަނަ ދުވަހު ގެއްލުނު ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލާގައި އެފަރާތުގެ އިހުމާލު ހުރިކަމުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅުދައްކަވަމުން ޝިދާތާ ވިދާޅުވެފައިވަނީ ޝައިމް ގެއްލިފައިވަނީ ބަލަންވާވަރަށް ނުބެލިގެން ކަމުގައި ޤަބޫލުފުޅު ކުރައްވާކަމުގައެވެ. ޝައިމް ފިލައިގެން ދިޔަރޭ ޑިއުޓީގައި ހުރި މުވައްޒަފު ރޭގަނޑު 23:40 ގައި، ދަންވަރު 2:30 ގައި އަދި ފަތިހު 4:00 ގައި ޝައިމް ނިދާފައިވަނިކޮށް ކޮޓަރިން ބަލާފައިވާ ކަމަށެވެ. ޝައިމް އާންމުކޮށްވެސް ނިދާއިރު މުޅި މޫނު ބެޑް ޝީޓުން ފޮރުވައިގެން އޮންނަ ކަމަށާއި ނަމަވެސް އެ މުވައްޒަފު ބެޑް ޝީޓް ނަގައި ޝައިމް އެތާގައި އޮތްތޯ ޔަގީންކޮށްފައި ނުވާކަމަށެވެ.

ކުރިންވެސް ޝައިމް ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު، ޝައިމް ކުޑަކުދިންގެ ހިޔާއަށް 2 ވަނަ ފަހަރަށް ގެނެސްފައިވަނީ 04 ޖޫން 2019 ގައެވެ. މިއަދާއި ހަމައަށް އައިއިރުވެސް ޝައިމްއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ