އާސަންދައާއި ބެހޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ޝަކުވާތަކާއި ސުވާލުތައް ހުށައެޅުމަށް މެސެޖް ކުރެވޭ ޙާއްސަ ނަމްބަރެއް ތައާރަފް ކޮށްފިއެވެ.
އާސަންދައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ސިކާވަތު"ގެ ނަމުގައި މެސެޖް ކުރެވޭ (7951400) މި ނަމްބަރަށް ވަޓްސް އަޕް، ވައިބަރގެ އިތުރުން ޓެލެގްރާމް މެދުވެރިކޮށް ވެސް މެސެޖް ކުރެވޭނެ ކަމަށެވެ.
އަދި ޝަކުވާއާއި ސުވާލުގެ އިތުރުން އާސަންދައިގެ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ބެހޭގޮތުން އެއްވެސް ކަމެއް ރިޕޯޓްކުރައްވަން ބޭނުންފުޅުވާނަމަ މެސެޖާއި ފޮޓޯ ވެސް އެ ނަމްބަރަށް ފޮނުއްވެވޭނެ ކަމަށް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރައްޔިތުންގެ ޚިޔާލުވެސް ތައާރަފް ކޮށްފައިވާ ނަމްބަރަށް ފޮނުވޭނެ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.




