ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ވެރިރަށް މާލޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުހަކަށް ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހަކަށް ހަމަލާދީފައިވަނީ މިއަދު މެންދުރުފަހު 13:14 ހާއިރު ވަންވޭއާ ޚިލާފަށް ދުއްވި މީހަކު ހުއްޓުވައި ނަސޭހަތް ދިނުމުން ކަމަށެވެ.

"އަމީނީ މަގުން ކޯރުކެނޑިމަގަށް ވަންވޭއާ ޚިލާފަށް ދުއްވި މީހަކު ހުއްޓުވައި އޭނާއަށް ނަސޭހަތްތެރިވުމުން، ނަސޭހަތްތެރިވި ފުލުސްމީހާއާ ދިމާއަށް ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް މާރާމާރީ ހިންގާފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ފުލުސް މީހާއާ ހަމާލާދިން މީހާ އެވަގުތު ސައިކަލު ދުއްވަމުން ދިޔައީ ކުޑަކުއްޖަކުވެސް ގޮވައިގެން ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ