މަގޫދޫ ކައުންސިލްގެ އިދާރާ

ސެކިއުރިޓީ ގާޑު ބަނުމަށްފަހު މަގޫދޫ ކައުންސިލްގެ ތިޖޫރި ފަޅާލައިފި

ފ.މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު އެތަނުގެ ތިޖޫރި ރޭ ފަޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 3:30 ހާއިރު މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުގެ ތެރެއަށް ވަދެ އެ އިދާރާގެ ތިޖޫރި ހަލާކޮށްލައިގެން ތިޖޫރީގައި ހުރި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން ކައުންސިލް އިދާރާ ފަޅާލައި، އެތަނުގެ ތިޖޫރީ ހަލާކޮށްލައިގެން ފައިސާ ވަގަށް ނަގާފައިވަނީ އެއިދާރާގެ ސެކިއުރިޓީ ގާޑް ބަނުމަށްފަހު އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެގެންކަން އެނގިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ކައުންސިލް އިދާރާއާ ހަވާލާދީ ފުލުހުން ވިދާޅުވީ، ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ