ޝައިމް

ޝައިމް ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި - ޕޮލިސް

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ މިވަގުތު ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލުނުތާ ދެހަފްތާ ފަހުން ފުލުހުން ވަނީ މިއަދު ޝައިމް ހޯދާފައެވެ. އެކަން ހާމަކޮށް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބާރުގެ ބޭނުންކޮށްގެން މާލޭގެ ގެއަކަށް ފުލުހުން ވަދެގެން ކަމަށެވެ.

މިރޭ ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝައިމް ހޯދާފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރުފަހު 13:51 ހާއިރު މާލޭގެ ގެއަކަށްވަދެ ބަލާ ފާސްކުރުމަށްފަހު ކަމަށެވެ.

"ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ކަމާބެހޭ އެންމެހާ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާތީވެ މިވަގުތު ކުއްޖާ ހުރީ ވަގުތީގޮތުން ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައި." ފުލުހުން ވިދާޅުވިއެވެ،

ޝައިމް ގެއްލިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ތެރެއިންނެވެ. އޭނާ ގެއްލުނު މައްސަލައިގައި ޖެންޑަރ މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ