ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ސިޔާސީ ހަރަކާތެއް ހިންގަން ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފިއެވެ.
ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ބުނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ހަރަކާތަށް މިހާރު ހުއްދައެއް ލިބިފައިވާ ކަމަށެވެ.
ސަރުކާރުގެ ބައެއް ނިންމުންތަކާއި ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ބާއްވާ ހަރަކާތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ މި ސަރުކާރު އައި ފަހުން ޖަލްސާގައެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
އިދިކޮޅު ޕާޓީތަކުގެ ހަރަކާތް ބާއްވަން ނިންމާފައި ވަނީ މާދަމާ ރޭ 9:00 އަށެވެ.





ހިޔާލު
ގައިމުވެސްދެލައްކަހަމަވާނެ