ކވ: ޢަލީ އަކްރަމް - ޙަސަން ނާޢިމް - ފޮޓޯ: ފުލުހުން

ފުލުހުން ތަޙްޤީޤަށް ދެމީހަކު ހޯދަނީ

ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިދެމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، ސަމަންދަރު، އަލީ އަކްރަމް (29އ) އާއި ސ. ހިތަދޫ ، ފިނިމާ، ޙަސަން ނާޢިމް (31އ) ކަމަށެވެ.

ވީމާ  މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9791612އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ