ފިނޭންސް މިނިސްޓްރީން ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކޮށްފި

މިނިސްޓްރީ އޮފް ފިނޭންސް އިން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ ޗާޓަރ، މިނިސްޓަރ އޮފް ފިނޭންސް، ތަސްދީގު ކުރެއްވުމާ ގުޅިގެން ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓްރީ ގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ރައީސް އަލްފާޟިލް އަޙްމަދު ޝަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ކޮމިޝަންގެ ހުރިހާ މެންބަރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމަތު އޮޅުންފިލުވައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދެވިފައި ވާކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ