ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އެފަރާތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ގެންނަ މީހުން ރިހިބިލިޓޭޓް ކުރާނެ ތަނެއް ތައްޔާރުކުރަމުންދާ ކަމަށެވެ.

ސީރިއާގައި ހިންގަމުންދަނީ ޓެރަރިސްޓް ހަނގުރާމައެއް ކަމަށާއި، އެ ހަނގުރާމައިގައި އައިއެސް ބަލިވެ އެތާތިބި ހަނގުރާމަވެރިން މިހާރު ތިބީ އެކިއެކި ކޭމްޕްތަކުގައި ކަމަށެވެ. އެ ކޭމްޕްތަކަކީ އެއްވެސް ޤައުމެއްގެ ސަރުކާރަކުން ބާރުހިނގާ ތަންތަނެއް ނޫން ކަމަށާއި، މިހާތަނަށް ވެސް އެމީހުންނާއި ކޮމިއުނިކޭޓް ކުރަމުން ދިޔައީ ރާއްޖޭގައި ހުރި އެމީހުންގެ އާއިލާތަކާއި ކަމަށާއި ސަރުކާރަކާއެއްވެސް ވަރަކަށް މުޢާމަލާތު ނުކުރެވޭކަމަށެވެ.

ދުނިޔޭގެ އެކިއެކި ޤައުމުތަކުންނާއި ބައެއް ޖަމިއްޔާތަކާ ބައިލްއަޤްވާމީ ޖަމާއަތްތަކާ ގުޅިގެން އެމީހުންގެ ބައެއްމަޫލޫމާތު ކޮންމެވެސް ވަރަކަށް ލިބިފައިވާކަމަށެވެ. އަސްލު ސީރިޔާގައި ތިބި ދިވެހިންގެ އަދަދު ސަރުކާރަކަށް ނޭންގޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަކުރާރުން މިހާރު އދ އާއި ބައެއް ޤައުމުތަކާއި ޖަމާއަތްތަކާއި ގުޅިގެން އެތާތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން ގެނެވޭނެ ގޮތެއްބަލައި އެމީހުން ގެނައުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާކަމަށެވެ.

ރާއްޖެއަށް އެމީހުންގެނެސް ދޫކޮށްލުމަކީ އދ އާއި އެހެން ޤައުމުތަކުން ވެސް ޤަބޫލުކުރާގޮތުގައި މުޅިމުޖުތަމަޢަށްވެސް އޮތް ނުރައްކަލެއްކަމަށެވެ. އެހެންކަމުން ރާއްޖެއަށް އެމީހުންގެނެސް ޑިރެޑިކިއުލައިސް ކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ