އެގްރީމެންޓްތައް އެފުއްމިފުށަށް ޖެހުމުން ދަޢުލަތަށް ލިބުނު މާލީ ގެއްލުން ބިލިއަނަކަށް އަރާ - ނަޝީދު

ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަންނެތި އެގްރީމެންޓްތައް އެފުއްމިފުށަށް ޖެހުމުން ދަޢުލަތަށް ލިބުނު މާލީ ގެއްލުން ބިލިއަނަކަށް އަރާފައިވާކަމަށް މަޖިލީހުގެ ރައީސް، ރަޢީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސަރަޙައްދުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަ ފުޅަށް ރައްދު ދެއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަންނެތި އެގްރީމެންޓްތައް އެފުއްމިފުށަށް ޖެހުމުން ދަޢުލަތަށް ލިބުނު މާލީ ގެއްލުން ބިލިއަނަކަށް އަރާފައިވާއިރު، ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއްނެތި އަނެއްކާވެސް އެގްރީމެންޓްތައް އެފުއްމިފުށަށް ޖަހަން ވިދާޅުވުމީ، ރައީސް ޔާމީންއަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު" ކަމަށެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ރައީސް ނަޝީދުގެ ވެރިކަމުގައި ކޮށްފައިވާ ގިނަ އެގްރީމެންޓްތަކެއް ވަނީ ބާޠިލްކޮށްފައެވެ. އަދި އެގްރީމެންޓްތައް ބާޠިލް ކުރުމުން ބަދަލެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާތައް އެ ކުންފުނިތަކަށް ވަނީ ދައްކަން ޖެހިފައެވެ.

2018 ވަނަ އަހަރު ޔާނީންގެ ވެރިކަން ބަދަލުވުމަށް ފަހު ރައްޔިތުންނާއި ބައްދަލުކޮށް ފުރަތަމަފަހަރަށް ރޭ ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، މިހާރުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ކަންތައްތައް "ސަރުކާރު ބަދަލުވެއްޖެނަމަ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ އެފުއް މިފުށަށް ޖަހާނަން" ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ