ގެއްލުނު ވޮލެޓް މޫދު އަޑިން - ނިޝާނަށް ތައުރީފް އޮހެނީ

ތަންތަނަށް ތަކެތި ގެއްލުމަކީ އާއްމުކަމެކެވެ. އަދި އެތަކެތި އެކި ފަރާތްތަކަށް ފެނި ވެރިންނަށް ރައްދުކުރުމަކީވެސް ދިވެހިންގެ ތެރެއިން މަދުން ނަމަވެސް ފެންނަ ރީތި މިސާލުތަކެވެ. ނަމަވެސް މަދުންނެވެ. މިފަހަރު މި ގެނެސްދެނީވެސް އެފަދަ އިބުރަތްތެރި ހާދިސާއެކެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ވެލާނާ އެއާޕޯޓުން މާލެއައި ދިވެއްސެކެވެ. އިބްރާހީމް ރާއްޖެ އައިސް ހުޅުލެއިން ހުޅުމާލެއަށް ދިޔައީ ޓެކްސީއެއްގައެވެ. ހުރީ ޓެކްސީގެ ކުރީ ޝީޓަގައެވެ. ޓެކްސީއަށް ރުފިޔާ ދެއްކުމަށްފަހު ފައިބައިގެން ދެވުނީ ވޮލެޓް ޓެކްސީ ތެރެއަށް ދޫކޮށްލާފައެވެ.

އެކަން ހަނދާންވެގެން ވޮލެޓް ހޯދަން ބެލިއިރު، ދަތުރު ކުރެވުނު ޓެކްސީ އައިޑެންޓިފައި ކުރެވިފައި ނެތުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ. އައިޑީ ކާޑާއި، ކޭޝް ކާޑޫތަކުގެ އިތުރުން އެހެނިހެން މުހިންމު ރަސްމީ ލިޔެކިޔުންތަކުގެ އިތުރުން 700 ޔޫއެސް ޑޮލަރާއެކު ގެއްލުނު ވޮލެޓް ހޯދުމުގައި އިބްރާހީމް ވަނީ ފުލުހުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ވޮލެޓް ގެއްލުނުތާ ހަފްތާއެއް ވެފައިވާއިރު، ފުލުހުންގެ މަސައްކަތުން ވޮލެޓާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެ ވޮލެޓް ވަނީ މިއަދު ހެނދުނު މާލޭ ކާނިވަލް ސަރަހައްދާ ދިމާލު މޫދުން ހޯދާފައެވެ. އެ ވޮލެޓް މޫދުން ހޯދާފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއަށް އުފަން އުމުރުން 23 އަހަރުގެ މުޙައްމަދު ނިޝާންއެވެ.

އާއްމުކޮށްވެސް މޫދަށް އެރުމަށް އިންތިހާއަށް ޝައުގުވެރިކަން ހުންނަ، ޤައުމީ ޔުނިވަރސިޓީގައި ޑިގްރީއަށް ތަޢުލީމު ހާސިލުކުރަމުންދާ، މުޙައްމަދު ނިޝާން މިނޫހަށް ބުނީ، މިއަދުވެސް މޫދަށް ދިޔައީ އާއްމު އުޞޫލުން ހިތްހަމަ ޖައްސާލުމަށް އެކުވެރިއެއް ކަމަށްވާ ޝައިމާން އާއެކުގައި ކަމަށެވެ.

"ވޮލެޓް ފެނުނުއިރު އޮތީ ގަލެއްގައި ކޭބަލް ޓައީން އައްސާފައި. ވޮލެޓް ބެލިއިރު ގިނަ ކާޑުތަކެއް ހުރި. ވެރިފަރާތަށް ގުޅުނީ ވޮލެޓްގައި އޮތް އުރީދޫ ޕްރިމިއަމް ކާޑުގައި އޮތް ނަންބަރު ފެނިގެން. ވޮލެޓް ވާނީ ވެރިފަރާތުގެ އާއިލާއާ ހަވާލުކޮށްދީފައި." މުޙައްމަދު ނިޝާން ބުންޏެވެ.

ކަނޑު އަޑިން ވޮލެޓް ފެނުނުއިރު ވޮލެޓް ގެއްލުނުއިރު ހުރި ފައިސާ ނެތްނަމަވެސް، ވޮލެޓްގެ ވެރިފަރާތުން ވަނީ ރަސްމީ ލިޔެކިޔުންތަކާއެކު ގެއްލުނު ވޮލެޓް ކަނޑު އަޑިން ހޯދައިގެން ފަރާތަށް ހައްޤު ޝުކުރު އަދާކޮށްފައެވެ.

"އަލްހްމަދުލިﷲ. ވޮލެޓް ފެނިއްޖެ. އެކަމު އެއްވެސް ޑޮލަރެއް ނެތް. ލާރީގެ ދަހިވެތިކަމުގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އެކަމު އެމީހަކަށް ނޭނގުނު އެއްޗަކީ ފެންނަން ހުރި އެއްޗެއް ފެންނާނެކަން. (ވޮލެޓް ހޯދި ނިޝާން) އަހަރެން ނުދަންނަން، އެހެންނަމަވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އޭނާ އަހަންނަށް ގުޅާފައި އަހަރެން މީ ކާކުތޯ ބަލާފައި، ވޮލެޓް ފެނުކަން ވަނީ އަންގާފައި." ވޮލެޓް ހޯދި ފަރާތުގެ ފޮޓޯއަކާއެކު ވޮލެޓްގެ ވެރިފަރާތުން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ޤައުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނޭ އެންމެން ކިޔާއިރު، ހަޤީޤީ މައްސަލައަކީ ތެދުވެރި އަމާނާތްތެރިން މަދުވުމެވެ. އެފަދަ މީހުން މަދުވުމުގެ ސަބަބުން ހުރިހާ ދިމާލަކުންވެސް ބަލައިގަންނަން ދަތި ކަންކަން ފެންނަކަމީ ހަޤީޤަތެވެ.

މޫދުން ވޮލެޓް ހޯދައި، ވެރިފަރާތާ ހަވާލުކޮށްދިން، ހދ.ކުރިނބީ، ނަޝާ، އުމުރުން 23 އަހަރުގެ މުޙައްމަދު ނިޝާން ދެއްކި ހިތްގައިމު މިސާލަށް، މީސްމީޑިއާގައި އެތައް ބައެއްގެ ތައުރީފް އެދަނީ އޮހެމުންނެވެ. މިފަދަ ނަޒާހާތްތެރި ޒުވާނުން މިޤައުމަށް ޚިދުމަތްކުރަން ފަށައި، ޒިންމާދާރު މަޤާމުތަކުގައި ނަޒާހަތްތެރިން ތިބޭނެ ދުވަހަކަށް ޤައުމު ދަނީ އެދި އާދޭސްކުރަމުންކަން ޤައިމެވެ.

މިލިޔުން ކިޔާލުމުން
33815
ގުޅުންހުރި ލިޔުންތައް

7 Responses

  1. މީހެއް

    އަހަރެންވެސް މީގެކުޑަދުވަސްކޮޅެއްކުރިން މީހެއްގެ ވޮލެޓް ރަށުގެއަތިރިމަތިންނެގިން އެވޮލެޓްގައި ވެރިފަރާތުގެ އައިޑީ ކާޑް ކޭސްކާޑް އަދިރުފިޔާވެސްހުރި އެންމެފުރަތަމަވެސްބަލާލީ އައިޑީކާޑް އަހަންނާއެއްވެސްގޮތަކުން ގާތްކަމެއްހުރިމީހެއްނޫން އެހެންނަމަވެސް އަޅުގަނޑު ގެޔަށްވެސްވަނީ އެވޮލެޓް އޭގެވެރިފަރާތަށް އަމާނާތްތެރިކަމާއެކު ރަށްދުކޮށްދީފަ

    30
    3
  2. Musaah

    Baeh beyru gaumu thakugai taxi driver inna gondeege fahathugai driver ge furihama namaai address aai kaaku kan anngaidhey mauloomaathu haru koffa hurey. Adhi saikal taxi dhuvvaa meehaage jacket ge burakashi mathee ves haru koffa hurey. Mi kan kan furihama nice taxi kurun manaa. Mi gaumuga mikahala usoolu thah onna nama thiyafadha kanthah hingun madhuvees

  3. A

    E texi ge driver akah in meehaku rufiyaage dhahivethi kamuga wallet ellaalaafa eothy ekahala driver in mi gaumuge texi ga thibihaa hindhaku migaumuge ekahala kankan rangalhe nuvaane .. ekam nishan men kahala kudhin dhibiyyaa mi gaumu rangalhu gaumakah vegen dhaanekan yageen

    24
  4. Kokko

    In sha Allah. Dhnbe…. thikohdhiny v bodu heyokameh. Dhnbe ah v bodah shukuriyya. Aharen v ufaavejje. Thnkxx dhnbey??

    24
  5. Amir

    Faisaa negi meehaku haraam thakethi kai darin anbinnah ves kaandeefi visnavaa

    48
  6. އިނާ

    ސޯ ޕްރައުޑް އޮފް ޔޫ! ލަވް ޔޫ ނިޝާން.. ކޯލް މީ.. އޫންމަ

    40
    5
    • Bokiseytu

      ?

      5
      1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ