މެރިން ފުލުހުން ގުރައިދޫ ކަނޑު އުޅަނދުފަހަރު ބަލައިފާސްކޮށްފި

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޔުނިޓުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ކ.ގުރައިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ބަލައިފާސްކޮށްފައިވާކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ކ.ގުރައިދޫން 20 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.

"މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާއި އެއްގޮތަށް އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ ބެލުމާއި، އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރެވިފައިވޭ އަދި ރޭގަނޑު ވަގުތުތަކުގައި ދަތުރުކުރާނަމަ ނެވިގޭޝަން ލައިޓްތައް ދިއްލައިގެން ދަތުރުކުރުމަށް ނަޞޭޙަތްތެރިވެފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުރައިދޫގައި ދުއްވާ ކަނޑުއުޅަނދުފަހަރު ބަލައި ފާސްކުރިއިރު، ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުން ދޭތެރެ ދޭތެރެއިން އެކި ސަރަހައްދުތަކުގައި މިފަދަ އޮޕަރޭޝަންތައް ހިނގާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ