ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރެއްވި މަބްރޫކް އަޒީޒް ރައީސް އޮފީހުގެ ސިޔާސީ މަޤާމަކަށް އައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، މިދިޔަ ބުރާސްފަތު ދުވަހު މަބްރޫކް އައްޔަންކުރައްވާފައިވަނީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމަށް ކަމަށެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލިދޫ ދާއިރާއަށް ވާދަކޮށް މަބްރޫކަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ 54 ވޯޓުގެ ތަފާތަކުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ސަރުކާރުގެ ސިޔާސީ މަޤާމްތަކުގެ އަދަދު 337 ގައި އުޅޭއިރު، ކުރީ ސަރުކާރަށްވުރެ ސިޔާސީ މަޤާމްތައް ގިނަ ނުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.