އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިމައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި މިމައްސަލަ ބަލަން ފަށައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ޖެންޑަރ މިނިސްޓްރީން ދާދި ދެންމެއަކު ބުނެފައިވަނީ، ދެކުނުގެ ރަށެއްގައި 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އެމިނިސްޓްރީ އަށް ލިބިފައި ވާކަމަށެވެ.

ޖިންސީ ގޯނާ ލިބުނު ރަށުގެ މީހަކާއި ހަވާލާދީ ސަން އޮންލައިންގައި ބުނެފައިވަނީ، އެ މައްސަލައާ ގުޅިގެން ފުލުހުނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް އެއަތޮޅު ތިނަދުއަށް އެ ކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓް ހަދާފައިވާ ކަމަށެވެ.

މިމައްސަލައިގައި ފުލުހުން ބެނުފައިވަނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 8 އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ ތިމާގެ މީހަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައި ވާކަމަށެވެ. ނަމަވެސް މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިފަހަކަށް އައިސް ކުޑަކުދިންނާއި ގުޅޭ ތަފާތު ގިނަ މައްސަލަތައްވަނީ ފެންމަތިވެފައެވެ. އަދި މިފަދަ މައްސަލަތައް ބެލުން އަވަސްކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީން ފުލުހުންނާވެސް ބައްދަލުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ