އުމުރުން އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށް އަނިޔާކޮށް ގެއިން ނެރެ އެއްލާލުމުން، ބިޔަ ފިތުރޯނު ގަހެއްގެ ހިޔަލުގައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ކުއްޖާއަށް އަނިޔާކޮށް އެއްލާލާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. އެ ކުއްޖާ ފެނިފައިވަނީ މަގެއްގެ އަރިމަތީ ހުރި ބިޔަ ފިތުރޯނު ގަހެއްގެ ބުޑުގައި އޮއްވާ އާއްމުންގެ މީހަކަށެވެ.

މަޢުލޫމާތު އެނގޭ ފަރާތަކުން ބުނީ، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިކަމާ ގުޅިގެން ސުވާލު ކުރުމުން، ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގެ މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލަ އެ މިނިސްޓްރީން ބަލަމުންދާކަން ކަށަވަރުކޮށް ދެއްވި ނަމަވެސް، މިވަގުތު އިތުރު ތަފްސީލު ދެއްވެން ނެތްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
އުމުރުން އަށާރަ އަހަރު ނުފުރޭ ކުއްޖަކު ގަހެއްގެ ދަށުގައި ނިކަމެތި ހާލުގައި އޮއްވާ ފެނުނުއިރު، ހަމަ ދެކުނުގެ ރަށެއްގައި އެއް އަހަރުގެ ކުޑަ ކުއްޖަކު 30000ރ އަށް ވިއްކާލި މައްސަލައެއްވެސް އިއްޔެ ވަނީ ތިލަވެފައެވެ.
2 Responses
އެޖެންޑާ 19 ވަރަށްވެސް ތަފާތު ތިކަހަލަ އަޑުއަހަން ބޭނުންނުވާ ކިތައްމެ އަޑެއްވެސް އިވޭނެ. އިބޫ ސޯލު ހިތަށް ކަހަރުވަކޭވެސް ނާރަ
Meehun kura konme kameh airegga viryakah hunna meehage boluga neylhuveune. Ekan egumaffahu ekamaku fiyavalheh naalha ekan hallu kuran noolheynama thihen bunevidhaane.