ސިނާއީ ސަރަހައްދުން ފުލުހުން އަތުލައިގަތް ބަނގުރާ - ފޮޓޯ: ޕޮލިސް

ހުޅުމާލެ ސިނާއީ ސަރަހައްދުން ބަނގުރާފުޅިތަކެއް އަތުލައިގެންފި

ހުޅުމާލެ ސިނާއީ ސަރަހައްދުން ބަނގުރާފުޅިތަކެއް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، 2019 ޖުލައި 7 ވަނަ ދުވަހު ހެނދުނު 08:48 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަޜޭޝަނެއްގައި ހުޅުމާލެ ސިނާއީ ސަރަހައްދުން ބަނގުރާ ފުޅިތަކެއް އަތުލައިގަނެފައިވާ ކަމަށެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލެ ސިނާއީ ސަރަހައްދުން ބަނގުރާފުޅިތަކެއް ފުލުހުން އަތުލައިގަތްއިރު، މީގެ ކުރިންވެސް ހުޅުމާލެއަށް އެކި ގޮތްގޮތަށް އެތެރެކުރާ ބަނގުރާ ފުލުހުން އަތުލައިގަނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ