ޓުވިޓަރ އަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ޑައުން ވެއްޖެ

ދުނިޔޭގެ އެތައް މިލިއަން މީހުން ބޭނުންކުރަމުން އަންނަ މަޝްހޫރު މީސްމީޑިއާ ނެޓްވޯކް ޓްވިޓަރ އަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ޑައުން ވެއްޖެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މީސް މީޑިއާ، ޓްވިޓަރ އަށް މިވަގުތު ވަނުމުގައި މައްސަލަތައް ވަނީ ދިމާވެފައެވެ. މިގޮތުން އިނގިރޭސިވިލާތާއި އެމެރިކާ އަށްވެސް ޓުވިޓަރ މިވަގުތު ބޭނުން ނުކުރެވެއެވެ.

މިވަގުތު ޓްވިޓަރ އަށް ވަނުމުން ފެންނަނީ އެރަރ މެސެޖެކެވެ. މެސެޖުގައި ބުނެފައިވަނީ ޓްވިޓަރ އަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަވަސް ފުރުޞަތެެއްގައި ޓްވިޓަރ ގެ ޚިދުމަތް އަލުން ލިބޭނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

މިވަގުތު ޓްވިޓަރ އަށް ވަނުމުން ފެންނަ މެސެޖް

ޓުވިޓަރގައި މައްސަލަ ދިމާވި ނަމަވެސް އެހެނިހެން މައްޝޫރު މީސްމީޑިޔާ ވެބްސައިޓުތައް ކަމަށްވާ، ފޭސްބުކް އަދި އިންސްޓަގުރާމް ބޭނުންކުރުނުގައި މައްސަލައެއް ދިމާވެފައެއް ނުވެއެވެ.

"ރެޑިޓް" ބޭނުން ކުރުމުގައި މައްސަލަތަކެއް ދިމާވެފައި ވީނަމަވެސް ޓވިޓަރ ޑައުން ވުމުގެ ގަޑިއެއްގެއިރު ކުރިން މިމައްސަލަތައް ހައްލުކޮށް ރެޑިޓްވަނީ ބޭނުންކުރެވެން ފަށައިފައެވެ.

ޓްވިޓަރ ޑައުންވިއިރު، ވޭތުވެދިޔަ މަހުގެ ތެރޭގައި މަޝްހޫރު މީސްމީޑިއާ، ފޭސްބުކް އަށްވެސް މިފަދަ މައްސަލަތަކެއް ދިމާވެފައިވެއެވެ. އަދި މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމްތަކަަށް މިފަދަ މައްސަލަތައް ދިމާވާ މިންވަރުވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ