ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓް އެ ނެޓްވޯކުން ވެރިފައިކޮށްފިއެވެ.
ޓުވިޓަރ އިން މަބްރޫކްގެ އެކައުންޓް ވެރިފައި ކޮށްފައިވަނީ މިއަދުއެވެ. މަބްރޫކް ޓުވިޓަރ އާ ގުޅިފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. މި އެކައުންޓް މިހާތަނަށް 21،400 މީހުން ފޮލޯ ކޮށްފައި ވެއެވެ. އަަދި އޭނާ ވަނީ މިހާތަނަށް 1662 ޓްވީޓް ކުރައްވާފަ އެވެ.
ދިވެހިންތެރޭގައި މަބްރޫކް މަގްބޫލްވެ، މަޝްހޫރުވެފައިވަނީ ކޮވިޑް-19ގެ ތަރުޖަމާނުގެ ހައިސިއްޔަތުން އެނާ ދެމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުންނެވެ. މީގެ އިތުރުން މަބްރޫކަކީ ޒުވާނުންގެ މެދުގައި މަގުބޫލު މެރާކީ ކޮފީ ރޯސްޓާޒް ކެފޭގެ އޯނަރުވެސް މެޔެވެ.




