ރޭގެ ވަގުތެއްގައި ގދ. ތިނަދޫގެ ޕޯސްޓް އޮފީސް ބަޔަކު ފަޅާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ޖުލައި 18 ވަނަ ވިލޭރޭގެ ވަގުތެއްގައި ގދ.ތިނަދޫގެ ޕޯސްޓް އޮފީސް ފަޅާލައި، އެތާގައި ހުރި ގިނަ އަދަދެއްގެ ޕާރުސަލުތައް ކަނޑާ އޭގެން ވައްކަންކޮށްފައިވާކަމަށެވެ.

އަދި މީގެއިތުރު ޕޯސްޓް އޮފީސް ފަޅާލައި ވައްކަންކޮށްފައިވާމީހުން، އެ އޮފީހުގެ ތިޖޫރީވެސް ފަޅާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ތިޖޫރީއަށް ފަޅާލެވިފައެއްނުވެއެވެ.
ޕާރުސަލުން ވައްކަން ކޮށްފައިވަނީ ކޮން އެއްޗިއްސެކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީގުކުރަމުންނެވެ.
(ތަފްސީލު އަންނަނީ)




