ގެއްލުނު ވައިފައި މޮޑަމް ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފި

ރ. އުނގޫފާރުން މިއަދު ވަގަށްނެގި ވައިފައި މޮޑަމް އެއް ފުލުހުން ހޯދައި އޭގެ ވެރިފަރާތާއި ހަމަ މިއަދު ހަވާލުކޮށްފިއެވެ.

އުނގޫފާރު ފުލުހުންނާއި ހަވާލާދީ ޕޮލިސް މީޑިއާއިން ބުނެފައިވަނީ އުނގޫފާރުން ވައިފައި މޮޑަމް އެއް ގެއްލިގެން މިއަދު ހުށައެޅުނު ވައްކަމުގެ މައްސަލައިގައި ވަގަށްނެގި ވައިފައި މޮޑަމް ގަޑިއިރެއްގެ ތެރޭގައި ހޯދައި މޮޑަމްގެ ވެރިފަރާތާއި ހަވާލުކޮށްފައި ވާކަމަށެވެ.

މިމައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވައްކަމުގެ މައްސަލަތަކުގައި ފަހަކަށް އައިސް ފުލުހުންދަނީ ވަގަށްނަގާ ގިނަ އަދަދެއްގެ އެއްޗެހި ހޯދައި އެ އެއްޗެހީގެ ވެރިފަރާތާއި ހަވާލު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ