ބާސެލޯނާއަށް ބަދަލުވެވުމުން އުފަލުން ރޮވުނު - ގްރިޒްމަން

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް ބަދަލުވެވުމުން އެކަމާ އުފަލުން ރޮވުނުކަމަށް އެޓީމަށް ދާދިފަހުން ބަދަލުވި ފްރާންސްގެ ފޯވާޑު އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.

120 މިލިއަން ޔޫރޯގެ ރިލީސް ކްލޯސްއެއް އެތުލެޓިކޯމެޑްރިޑަށް ދައްކާ ބާސެލޯނާއިން ގްރިޒްމަން ގަތީ މިދިޔަ ހަފްތާގައެވެ.

ބޭރުގެ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަންބުނީ، ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި ޓްރެއިނިންއަށް ނުކުތް ދުވަހު ޓީމުގެ ކުޅުންތެރިންނާއި، ސްޓާފުން އަދި ޑޮކްޓަރުންގެ ފަރާތުންވެސް ހޫނު މަރުހަބާއެއް ކީ ކަމަށާއި ބާސެލޯނާ ކުޅުންތެރިއަކަށް ވުމުން އެކަމާވާ އުފާ ބުނެދޭންވެސް ނޭނގޭކަމަށެވެ.

މީގެއިތުރުން ގްރިޒްމަންބުނީ ބާސެލޯނާގެ ޑީލް ފައިނަލައިޒްވީ ދުވަހު އޭނާގެ ބައްޕައަށް ގުޅައި އެކަމާ އުފަލުން ރޮވުނުކަމަށާއި އޭރު ރައްޓެހިންނާއި، އަނބިމީހާގެ އިތުރުން ދަރިންވެސް ކައިރީގައި ހުރިކަމަށެވެ. އަދި ހަނދާނުން ފޮހެލަން ދަތި ވަގުތުކޮޅެއްކަމަށްވެސް ގްރިޒްމަން ބުންޏެވެ.

"ކްލަބު ބަދަލުވުމުން ތަފާތ އަޑުތައް ފެތުރޭނެ. އެއީ ފުޓްބޯޅައިގައި އަބަދުވެސް ހިނގާކަމެއް. އަހަރެން އެތުލެޓީކޯ ދޫކޮށްލުމުން އެކްލަބަށް އަސަރުތަކެއްކުރާނެ. އެއީ އެކްލަބާއި އަހަންނާއި އޮތް ގާތްގުޅުމުގެ ސަބަބުން. މިއީ އެހާ ފަސޭހަކަމެއް ނޫން. މިއަދު އިޙްސާސްކުރެވެނީ ރެއަލް ސޮސިޑޭޑް ދޫކޮށް އެތުލެޓިކޯއަށް ބަދަލުވިއިރު ކުރެވުނު އިޙްސާސްތައް. އަހަރެން ހިތުގައި އެދެކްލަބު އަބަދުވެސް އޮންނާނެ." ގްރިޒްމަން ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ