ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ހަރަމައިން ގުރޫޕުން އިތުރަށް ފައިސާ ނެގި ފަރާތްތަކުގެ މަޢުލޫމާތު ފުލުހުން ހޯދަނީ

މިއަހަރުގެ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ, ހަރަމައިން ގްރޫޕުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ނަގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދާދި ދެންމެ ފުލުހުން ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ހަރަމައިން ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް، އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހިއްސާކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ހަރަމައިން ގްރޫޕުން އިތުރަށް ފައިސާ ނެގިކަމަށްބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ކުޑަ އަގުގައި ބިޑްކޮށް، ކޯޓާ ހޯދުމަށްފަހު ހައްޖަށްދާ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ