ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ނުރައްކާ އެބައޮތް، ފުލުހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރޭ - ކޮމިޝަނަރު

ޚިދުމަތް ކުރަމުންދާ މާހައުލުގައި މިއަދުވެސް ފުލުހުންނަށް ނުރައްކާތެރިކަން އެބައޮތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް މެމޯރިއަލްޑޭގެ ރަސްމީ ހަފްލާގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެއްދޭ ބައެއްކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކޮށް އެކަން ބަލައިގެން ނަމަވެސް އެއްބަޔަކު އަބަދުވެސް ފުލުހުންނާމެދު ނަފްރަތު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ބައެއް ހާލަތުގައި އަނިޔާއާއި ގޯނާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ހިދުމަތް ކުރަމުންދާ މާހައުލުގައި މިއަދުވެސް ފުލުހުންނަށް އަދި މި މުއައްސަސާގެ މުވައްޒަފުންނަށް ނުރައްކާތެރިކަން އެބައޮތް." ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، މިއަދުގެ މާހައުލުގައި، ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން، ނަފްސާނީ ގޮތުންވެސް އަނިޔާކުރާ ކަމަށެވެ.

"އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރުދެއްކުމާއި ފުރައްސާރަ ކުރުން އެއީ މިއަދު ހިނގަމުން އަންނަ ކަންކަން. މިއީ ވަރަށް ހިތާމަވެރި ކަމެއް." ހަމީދު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ފުލުހުން ކުރާ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ރައްޔިތުންގެ ތެރެއިން މަދުބަޔަކު މިކުރާ މިފަދަ ކަންކަމަށް ނޫނެކޭ ބުނުމަށް، ފުލުހުންގެ މަސައްކަތް ބަލައިގަންނަ ގިނަ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ