މޮރިޝަސްގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާ ރާއްޖޭގެ ކޮންޓިންޖެންޓް މާދަމާ އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމުގައި ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
މަޙްލޫފު ވަނީ މި ގޭމްސްގައި ރަންވަނަތައް ހޯދައިދިން ކުދިންނަށް މަރުހަބާ ކިޔުމަށް މާދަމާ 16:00 އަށް ކުދި ބޮޑު އެންމެހާ ރައްޔިތުން ޖުމްހޫރީ މައިދާނަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވާފައެވެ. އަދި ޓީމަށް މަރުހަބާ ކިޔުމަށް ދާއިރު ކޮންމެ ބޭފުޅަކުވެސް ފެއްސާ ރަތާއައި ހުދު ކުލައިގެ ހެދުމެއްގައި ވަޑައިގެން ދެއްވުމަށް މަޙްލޫފް ވަނީ އެދިވަޑައިގެންފައެވެ.
19 ޖުލައި ގައި ފެށި މިގޭމްސް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ރާއްޖެއިން ވަނީ އަމާޒުކުރި ގޮތަށް 15 މެޑަލް ހޯދައިފަ އެވެ. އެއީ ހަތަރު ރަން މެޑެއްޔާއި ހަތަރު ރިހި މެޑަލް އަދި އަށް ލޯ މެޑެއްޔެވެ.
2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އައިއޯއައިޖީ އޮންނާނީ ދިވެހިރާއްޖޭގައެވެ.




