އަންހެންވެރިން ދިވެހި ލިބާހުގައި، ފިރިހެނުންނަށް ދިވެހިވަންތަކަން ދަންކަން ނުކެރުނީކީއްވެ؟

އުފާވެރި މުނާސަބަތުތަށް އަޅުގަނޑުމެންނާ ބައްދުކޮށް ދިޔައިރު އެންމެންގެ ސަމާލުކަން ހުއްޓުނީ ދިވެހި އަންހެނުންގެ ޤައުމީ ވަންތަ ލޯބި އުތުރިފައި ހުރި މިން ވަރަށެވެ. ދިވެހި ލިބާސް މިވަނީ އެކަނބަލުން އެންމެ ލޯބި ކުރާ ހެދުންކަމަށްވަފައެވެ. ޚާއްސަ މުނާސަތުތަކުގައި އެކަނބަލުން ދިވެހިންގެ ޤައުމީ ކުލަތައް ދައްކުވައިދޭ ޘަޤާފީ ހެދުން ބޭނުންކުރަމުން ދެއެވެ.

އެންމެ ފަހުން އަޅުގަނޑު މެންނާއި ބައްދަލުކުރި މިނިވަން ދުވަހަށް ބަލާލުމުންވެސް މުޅި ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ ދިވެހި ލިބާހުގައި ކަނބަލުންގެ ރީފި ފޮޓޯ ތަކެވެ. އެވެރިން މާލޯބިވާ ހެދުމަކަށް ދިވެހި ލިބާސް ވެއްޖެއެވެ. ކާބައިންގެ ޒަމާނުގައި ކަނބަލުންގެ އެންމެ އަގު ބޮޑު ހެދުން ކަމަށް ވެފައިވަނީ ދިވެހިންގެ ދިވެހި ވަންތަކަން ދައްކުވައިދޭ ލިބާސްއެވެ.

ތަރައްޤީއާއިއެކު ޒަމާމް ކުރިއަރާ ގޮސް އެ ލިބާސް މަތިން ދިވެހި ކަނބަލުން ހަނދާންނެތު ދުވަސް ވެސް މާޒީވެ ގޮސްފިއެވެ. ކުރީ ޒަމާނުގެ ހެދުމަކަށް ހަދާފައި ދިވެހި ލިބާހަށް ޤަދަރު ދިނީ ތާރީޚީ ލިޔުންތަކުންނެވެ. ނަމަވެސް އަނެއްކާވެސް މި ވަނީ ދިވެހި ކަނބަލުންގެ މެދުގައި މާ މަޤްބޫލު ހެދުމަކަށް ދިވެހި ލިބާސްވެފައެވެ.

ޒަމާނާއި އެއްގޮތަށް ލިބާސް ބައްޓަންކޮށް ކަނބަލުން ދިޔައީ ދިވެހި ލިބާހަށް ކާބަފައިން ދިން ޤަދަރު ދެމުންނެވެ. އެކަން މިއަދު ލޯ ކުރިމަތީ ފެންނަން އެބަހުއްޓެވެ. މިނިވަން ދުވަސް އައިއިރު ކުރިޔާލައި އެ ކަނބަލުން ދިޔައީ ދިވެހި ލިބާސް ހޯދައި ތައްޔާރުވަމުންނެވެ.

ނަވަވެސް ސުވާލަކީ ދިވެހި ކަނބަލުން ދިވެހި ލިބާހަށް މިހާ ލޯބި ކުރި އިރު، ދިވެހި ފިރިހެނުންނަށް އެބައި މީހުންގެ ކާބަފައިންގެ ޘަޤާފަތް ދިރުވާއާލާ ކުރަން ނުކެރުނީ ކީއްވެބާއެވެ.؟ މިއީ މިއަދު އެތައްބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.

އެވެރިންނަށް ކަމުދަނީ ޒަމާނީ ޔޫރަޕްގެ ސްޓައިލްތަކެވެ. ކާބަފައިންގެ ރީތި ފޭލިތައް ކަމުދާ ކަމަކަށް ނުވިއެވެ. ކާބައިންގެ ޒަމާނުގައި ދިވެހި ފިރިހެނުންނަކީ ވަރަށް ސާދާކޮށް ހެދުންއެޅުން ގެންގުޅުނު ބައެއްކަން ލިޔުންތަކުން ފެންނަށް އެބަހުއްޓެވެ. ނަމަވެސް ޒަމާނަށް އައި ތަރައްޤީއާއި އެކު ހެދުން އެޅުމުގެ ވައްޓަފާޅިއަށް މިއަދު މި ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފިރިހެނުންގެ ޘަޤާފީ ހެދުން މަޑުމަޑުން އުވެމުން ގޮސް މިވަނީ މުޅިން ނެތިދާން ފަށައިފިއެވެ.

ޒަމާނަށް އައި ބަދަލުތައް ދިވެހި ފިރިހެނުން ބަލައިގަންނަން ފެށުމާއެކު އޭރު ލައި އުޅުނު ހެދުންތަކުން އެ ބަދަލުގެ އަސަރު ފެންނަމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. އެ ގޮތުން ޒުވާނުންނަށް މިހާރު އެންމެ ކަމުދަނީ ހުޅަނގުގެ ތަހުޒީބީ ހެދުންތަކެވެ. ދިވެހި ފިރިހެނުން ޘަޤާފީ ހެދުން ބޭނުން ކުރަމުން އަންނަނީ ހަމައެކަނި ޓުވަރިޒަމް ޕްރޮމޯޓް ކުރުމަށާއި ސްޓޭޖް ތަކުގައި އެކަންޏޭ ބުނުމަކުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

ދިވެހި ކަނބަލުންނެކޭ އެއްގޮތަށް ދިވެހި ފިރިހެނުން ވެސް ޘަގާފީ ހެދުން ދިރުވާ އާލާކުރަން އެބަޖެހޭ ނޫންތޯއެވެ؟ ނުބަން މިއުޅެނީ ކަނބަލުންނަށް ލިބާސް ސައްބީސް އަންނަ ކަމަށް ވަނީނަމަ ފިރިހެނުންގެ ފޭލި ބައްބީސް ވެސް އަންނަން ޖެހޭނެއެވެ. ދިވެހި ފިރިހެނުން މިކަމަށް ވިސްނަން މާ ލަސްވެސް ވެއްޖެ ނޫންތޯއެވެ!

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ