ޒުވާނަކާއެކު ފުލުހުން އަތުލައިގަތް ސައިކަލް - ފޮޓޯ: ޕޮލިސް

ވަގު ސައިކަލެއްގައި ދަނިކޮށް ފުލުހުން ޒުވާނަކު އަތުލައިގަނެފި

ވަގަށް ނަގާފައިވާ ސައިކަލެއްގައި ދުއްވާފައިދިޔަ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ފަތިހު 05:30 ހާއިރު ގަލޮޅުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމުން، ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވިގެން، އެ ސައިކަލް ފަހަތުން ފުލުހުން ދިއުމުން ބޮޑުރަސްގެފާނުމަގަށް ސައިކަލް ދޫކޮށްލާފައި އެޒުވާނާ ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"ބޮޑުރަސްގެފާނުމަގަށް ސައިކަލް ދޫކޮށްލުމަށްފަހު، ސައިކަލް ދުއްވި މީހާ ގަލޮޅު ގެއަކަށް ވެދެ ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ ފަހަތުން ގޮސް އޭނާ އަތުލައިގަނެ ސައިކަލްވެސް ޓޯކޮށްފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު، މާލެއިން ސައިކަލް ވަގަށް ނަގާ މިންވަރު އިތުރުވެފައިވާތީ އެކަން ހުއްޓުމަށްޓަކައި ފުލުހުން ވަނީ ދާދި ފަހުން ޚާއްޞަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ