އދ.މަހިބަދޫ އިން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި "ބޮޑު ވަގަކު" ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އދ.މަހިބަދޫ ގެއަކުން ވައްކަންކޮށްފައިވާ ކަމަށްބުނެ އިއްޔެ ހަވީރު 17:46 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ވަގަށް ނަގާފައިވާފޮރުވާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މި މައްސަލަ ހުށަހެޅުނުތާ 7 ގަޑިއިރާއި 30 މިނެޓް ތެރޭގައި ވަގަށް ނަގާފައިވާ 46000ރ އަދި 84 ޔޫއެސް ޑޮލަރު ހޯދާފައިވޭ." ފުލުުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، އުމުރުން 25 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.





ހިޔާލު
ސސަސދދދދދދދދދދދދދދދދދދ