މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ "ސިނަމާލެ ބުރިޖު" ނިންމީ މިސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޙުސައިން ޒިޔާދު މިހެން ވިދާޅުވެފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގެއްލުންވާ ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާހަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަ ފުޅަށް ރައްދުދެއްވާ ވާހަކަ ފުޅު ދައްކަވަމުންނެވެ.
ނިމި ދިޔަ ސަރުކާރުތަކުގެ ވާހަކަ ނުދައްކާ މިހާރުގެ ސަރުކާރުން ކަންތައްތައް ރަނގަލޫކުރުމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޙުސައިން ޒިޔާދު ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރަށް ނިންމުނު އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށާއި، ބުރިޖް ވެސް ނިންމަން ޖެހުނީ މިހާރުގެ ސަރުކާރަށް ކަމަށެވެ.
ނިމި ދިޔަ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުން ކޮށްފައިވާ ކަންތައްތަކަށް ޒިޔާދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރަށް ކަންތައްތައް ރަނގަޅު ނުކުރެވިގެން އުޅެނީ ނިމި ދިޔަ ސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތުން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
އެގޮތުން ޞަދަގާތު ފައުންޑޭޝަން ހިނގި ގޮތަކާއި ފެނަކައަށް ތެޔޮ ގަނެފައިވާ ގޮތަށް ޒިޔާދު ވަނީ ފާހަގަ ކޯށްފައެވެ.
ސިނަމާލެ ބުރި އެޅުމުގެ ވާހަކަ ކުރީގެ ސަރުކާރުން ދައްކަން ފެށުމާއެކު އެމްޑީޕީ އިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ބުރިޖްގެ މަސައްކަތް ފެށުމާއެކު އެމަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށް އޭރު އެމްޑީޕީ އިން ދިޔައީ ވިދާޅުވަމުންނެވެ.
ޗައިނާ ސަރުކާރާއި ރާއްޖެ ސަރުކާރު ގުޅިގެން ހަދާފައިވާ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ 2018 އޮގަސްޓް 30 ގައެވެ.




4 Responses
Islaamee marukazu hulhuvaa dheveee ibu, furathama bangi dhevee anni
ނޫނޭ،
ޕޯޗުގީޒުންގެ އަތް ދަށުން ވެސް ސަލާމަތް ކުރީ ހަމަ މި ސަރުކާރު.
Fitte Kaley hamaigatha ? Thankolhe boduvaruthee.ladhuhayaakoba thiladhunmachah tourism nugenevunu baeh thee.isthiufaa dheefa geah dheybala
Heydhebaa vefahuri bee****yetha alheyfahe thee. thimaamena kamenukurevuneema midhiya sarukaarun ninmaafahuri bodethi mushroo thakakee miviyaanudhaa sarukaarun ninmaafahuri thanthano mee alhey bee****vefa hurimeeheh tha