ނޯތު ޕޮލިސް ޑިވިޜަންގެ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލަތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ކ.މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް އަޒުމީލް (40އ) އާއި ކ. ތުލުސްދޫ، އުދުހޭކޮކާ، ޢަބްދުލްމަޖީދު ޢަބްދުﷲ (30އ) އެވެ.
މި މައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.




