މިދުވަސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިގަ ހިފާފައިވާ އެއް ކަމަކީ "ކޮއްކޮ ދެރަވޭ" ގެ ނަމުގައި ފަށައިގެން އުޅޭ އާދަޔާ ޚިލާފު ކެމްޕޭނެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގިނަ އަދަދެއްގެ ބެލެނިވެރިން އިސްނަގައިގެން ފަށައިފައިވާ މި ކެމްޕޭން ތަފާތުވެފައި އަސަރު ގަދައެވެ.
މި ކެމްޕޭނުގައި ހޭޝްޓެގް "ކޮއްކޮ ދެރަވޭ" ޖެހުމަށްފަހު ދެމުން އަންނަ މެސެޖް ތަކަކީ ޚައްސަ އެހީ އަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހިތުގެ ޝުއޫރުތަކެވެ.
"ކޮއްކޮ ދެރަވޭ ކުލާހުގައި ބާކީ ކޮއްލައި މަލާމަތް ކުރާތީ... ރުޅިގަދަވެ ފޮތްތަށް އިރާލެވޭތީ... އެއީ ކޮއްކޮ ގަސްތުގައި ކުރާ ކަމެއް ނޫން" މިއީ މި ކެމްޕޭނުގައި ދައުރުވަމުން އަންނަ މެސެޖެކެވެ. މިކަހަލަ އެތަށް ފޭސްބުކް ސްޓޭޓަސް ތަކެއްގެ ޒަރިއްޔާއިން އެތަށްބަޔަކު ދަނީ އެކަހަލަ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ އިހުސާސް ތަށް ބަންޑުން ކުރަމުންނެވެ.
މިކަމުގައި ހަރަކާތްތެރިވާ ބެލެނިވެރިއަކު ނަންހާމަ ނުކުރުމަށް އެދި "ފެށުމަށް" ބުނީ، މި ކެމްޕޭނުގެ އެންމެބޮޑު އެއް ބޭނުމަކީ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހުރި ދަތިތަކާއި، އެކުދިންގެ އިހުސާސްތަކުގެ އިތުރުން އެކުދިންނަށް ބޭނުންވާ އިތުރު އެހީތަކާއި ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރި ކުރުވުމެވެ.
އެ ބެލެނިވެރިޔާ ބުނީ، ދިވެހި ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބެން ހުންނަނީ މަދު ޙިދުމަތްތަކެއް ކަމަށާއި، ލިބޭ ޙިދުމަތްތައްވެސް އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން ޚާއްސަ އެހީއަށް ބެނުންވާ ކުދިންނަށް އެންސްޕާއިން ދޭ 2000 ރުފިޔާ އަކީ އެންމެ އެކަށީގެންވާ އަދަދު ތޯ އާއި އައި.ޖީ.އެމް.އެޗް ގައި ހުންނަނީ އެންމެ ތިން ސްޕީޗް ތެރަޕިސްޓެއް ކަމަށާއި އެންމެ އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ކަމަށާއި އެއީ އެކަށީގެންވާ މިންވަރު ކަމާމެދު އެ ބެލެނިވެރިޔާ ވަނީ ސުވާލު އުފައްދާފައެވެ.

އެޕޮއިންމެންޓަކަށް ޖަނަވަރީމަހު ނޯޓުކޮއްގެން އޮކްޓޯބަރ މަސް އަންނައިރުވެސް ނުލިބުމީ ހިތާމަހުރި ކަމެކެވެ. މިކަންތައްތައް ބަލައި އެކަށީގެންވާ އަވަސް ޙިދުމަތެއް ފޯރުކޮށްދިނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ވަރަށްބޮޑު އުންމީދެކެވެ.
ރާއްޖެއިން އެކަށީގެންވާ ޙިދުމަތް ލިބެން ނެތުމުން، އަވައްޓެރި އިންޑިއާ އަދި ލަންކާގައި އާއިލާ ދޫކޮށް ފަރުވާ ހޯދަމުން އަންނަ ބޭފުޅުންގެ އެދުމަކީވެސް އަވަސް މުސްތަޤުބަލެއްގައި އާއިލާ ކައިރީ ތިބެގެން ރާއްޖެއިން އެކަށީގެންވާ ފަރުވާއެއް ލިބޭނެ މަގު ތަނަވަސް ވުމެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާއި އަޅުގަނޑުމެންގެ އުންމީދަކީ، ވެސް ސަރުކާރުގެ ވުޒާރާތަކާއި، ކަމާ ބެހޭ އެހެނިހެން އިސް ފަރާތްތަކުގެ ސަމާލުކަމަށް މިކަން އައިސް، އުންމީދު ކުރާވަރުގެ ބަދަލެއް މިކަމަށް ލިބުމެވެ. އަދި މި ހިތްވަރުގަދަ ބެލެނިވެރިންގެ ހުވަފެން ތަކުގައި ހަޤީޤީ ކުލަޖެހުމެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތަޢުލީމާއި، ކުޅިވަރާއި، ޞިއްޙީ ފަރުވާ އަދި މުޖުތަމައުގައި އުޅުމުގައި ހުރި ގޮންޖެހުންތަކަށް ދިވެހި ސަރުކާރާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުން އެކަށީގެންވާ ސަމާލުކަމެއް ދެއްވުން މުހިންމެވެ.





4 Responses
ތެރަޕިސްޓެއް ގެނެސްދިނުން އަހަރެމެން ތެރަޕިސްޓެއް ނެތޭ. ދެން ކިިހިނެއް ހަދަނީ. އެންމެ އޯޓީ އެއް ހުރީ 500 ކުދިންނަށް ހިދުމަތް ދޭން
Veri kamah ahnan ulhey iru knme bayaku ves ehen kiyaane .2000rf. In knkameh mihaaru kureveyney.mujuthamauga enme alhaalun beynun vaa bayakee nukulhedey meehun.mihaaraku ehves bayaku emeehun ge vaahaka dahkaa adeh nee vey….
ފައިސަލް ވެސް މެމްބަރަކަށް ޙުންނެވިއިރު އެކުދިންގެ އިނާޔަށް ބޮޑުކުރަން އުޅުނު މިހާރު ޢެކަން ހަދާން ނެތުމުން ހިތާމަކުރަން
Konmes mihakaves ekudhin fennani imthihaabe
bomativumun Kaamiyaab vumun ekudhin thibibayekameh hadaane nuvey. Kobaa baa 5000rf