ޓެކްސީއެއްގެ ތެރޭ ބެހެއްޓުނު އެއްލައްކަ ރުފިޔާ ފުލުހުން ހޯދައިދީފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭގައި ދަތުރު ކުރާ ޓެކްސީއެއްގެ ތެރޭގައި މީހަކަށް ބާއްވާފައި ދެވުނު އެއް ލައްކަ ރުފިޔާ އަޅާފައި ހުރި ދަބަހެއް ހޯދަން އެފަރާތުގެ އެހީތެރިކަމަށް މިއަދު 16:20 އެހާކަން ހާއިރު މީހަކު އެދުނު ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުންގެ ސީރިއަސް އެންޑް އޯގައިނައިޒް ކްރައިމް ޑިޕާޓްމަންޓުން ސީސީޓީވީ ފުޓޭޖްގެ އެހީގައި އެޓެކްސީ ހޯދާ އެފައިސާ އޭގެ ވެރި ފަރާތާ ފައިސާތައް ހަވާލުކޮށްފައިވާ ކަމަށެވެ.



